އަނެއްކާވެސް އާބަންކޯގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ވިނަރެސް ފްލެޓްތަކަށް ފައިސާ ދެއްކި ބައެއް ފަރާތްތަކަށް އާބަންކޯގެ ނަމުގައި ފޮނުވަމުންދާ މި ސްކޭމް މެސެޖުތަކުގައި މެސެޖުތަކުގައި "މިރޭ 8:45 އަށް އާބަންކޯ މައި އޮފީހަށް ހާޒިރުވުމަށް،" ވަނީ ދައުވަތު ދީފައެވެ.

މިގޮތަށް އާބަންކޯގެ މައި އޮފީހަށް ހާޒިރު ވުމަށް ފޮނުވާ މެސެޖުތަކަކީ ސްކޭމް މެސެޖެެއް ކަމަށާއި ވިނަރެސް ފްލެޓުތައް ލިބުނު މީހުންގެ މައުލޫމާތު ހާމަކުރުމުގެ ކުރިންވެސް އެފަދަ މެސެޖުތަކެއް އެކި މީހުންނަށް ފޮނުވަމުން ގޮސްފައިވާ ކަމަށް އާބަންކޯއިން ވަނީ ހާމަކޮށްފައެވެ.

އާބަންކޯއިން ވަނީ އެފަދަ ސްޕޭމް ކޯލް ނުވަތަ މެސެޖުތަކާއި ފައިސާ އާ ބެހޭ ލިންކުތަކަށް ސަމާލުވުމަށް އެދިފައެވެ.