ރަޝިޔާއާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕުގެ ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރަޝިޔާ ބޭނުންވާ ގޮތަށް ލުއި ނުލިބެނީސް، ޔޫކްރައިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް އެގައުމުން ބޭރު ކުރިޔަނުދީ ދުނިޔެ ހައިހޫނު ކަމުގެ ތެރެއަށް ރަޝިޔާއިން ވައްޓާލާނެކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެއެވެ.
ޔޫކްރައިނުން ގޮވާން ބޭރު ކުރުމަށް ހުރި ހުރިހާ ދޮރުތަކެއް ރަޝިޔާއިން މިހާރު ވަނީ ބަންދުކޮށްފައެވެ. މިމައްސަލަ ހައްލު ކުރުމަށް އދ. އާއި ތުރުކީ އިސްވެ އޮވެ ރަޝިޔާއާ ކުރި މަޝްވަރާ ނިމުނީ ކޮޅެއްގައި ނުޖެހިއެވެ.
ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮވާން ނެރެދޭ އެއްގައުމު ކަމުގައިވާ ޔޫކްރައިނުގެ ގޮވާމުގެ ބާވަތްތައް އެގައުމުން ބޭރު ކުރުމަށް ރަޝިިޔާ ވެފައިވާ އެއްބަސްވުމަށް ދެން އެގައުމުން އަމަލު ކުރާނީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ނައްތާލަން އެއްބަސްވުމުން ކަމަށް ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ ވިދާޅުވެފައެވެ.
ރަޝިޔާގެ މައިގަނޑު ޝަރުޠަކީ، އެ ޤައުމުގައި އުފައްދާ ގޮވާމުގެ ބާވަތްތަކާއި އެހިނިހެން ކާބޯތަކެއްޗާއި ދަނޑުވެރިކަން ކުރުމަށް ރަޝިޔާގައި އުފައްދާ ތަކެތި އެކްސްޕޯޓު ކުރުމަށް އެމެރިކާ އާއި ޔޫރަޕުން އަޅާފައިވާ ފިޔަވަޅުތައް ނައްތާލުމެވެ.
ޔޫކްރައިނުގެ ގޮވާން ދުނިޔޭގެ ބާޒާރަށް ބޭރުވިޔަ ނުދީ ރަޝިޔާއިން ހުއްޓުވާފައިވާ މައްސަލާގައި އދ.ގެ އިންސާނީ އެހީ އާއި ބެހޭ އިދާރާގެ އިސްވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވީ ރަޝިޔާގެ މިއަމަލުގެ ސަބަބުން ދުނިޔޭގެ 67 ގައުމެއްގެ ރައްޔިތުން ހައިހޫނު ކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. މީގެ ނުރައްކާ އެންމެ ބޮޑީ މިހާރުވެސް ފަގީރު ހާލަތުގައި ދިރިއުޅޭ ގައުމުތަކުގެ ރައްޔިތުންނަށް ކަމަށްވެސް ގްރިފިތްސް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ގޮވާން ހުސްވަމުން ދިޔުމާއި ގުޅިގެން ގިނަ ގައުމުތަކެއްގައި މިހާރުވެސް ވަނީ ގޮވާމުގެ ބާވަތްތަކުގެ އަގު އުފުލިފައެވެ. މީގެ އިތުރުން ދުނިޔޭގެ ބާޒާރަށް ގިނައަދަކަށް ގޮވާން ނެރޭ ގައުމުތައް ކަމަށްވާ އިންޑިޔާ އާއި އާޖެންޓީނާ، އަލްޖީރިއާ، މިސްރު، ސާބިޔާ އަދި ކުވައިތުން ވަނީ އެގައުމުތަކުގައި އުފައްދާ ގޮވާމުގެ ބާވަތްތައް ދުނިޔޭގެ ބާޒާރަށް ނެރުމުގައި ހިފެހެއްޓުންތަކެއް ހިފަހައްޓަން ފަށާފައެވެ.
ރަޝިއާ ތިއެއްބަސްވުން އާނުކުރާ ސަބަބުތައް ވަރަށްސާފު. ފަގީރު ގައުމުތަކަށޭ ކިޔާފަ ބޭރުވީ މުއްސަނދި ގައުމުތަކައް. އެގައުމުތަކުން ކުރީ ވިޔަފާރި. އެމެރިކާ ބޭނުންގޮތެއް ހަދަން ރަޝިއާއިން ބޭނުންނުވާނެ. ސަބަބަކީ މި ހަނގުރާމަ ކުރަންޖެހުނީވެސް އެމެރިކާގެ ސަބަބުން. މުޅިދުނިޔޭގަ އެމެރިކާ ބޭނުންގޮތަކަށް ކަންކުރަމުން އައި އައުން ނިމުމަކަށް އަންނާނެ. މި ހަނގުރާމައަކީ އެމެރިކާއަށް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ވިއްކަން ފެށި ހަނގުރާމައެއް..