މިމަހު 26 ވަނަ ދުވަހު އޮންނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކާއި ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ސަތަރަ ބޭފުޅަކާއި ޖަމިއްޔާއަކަށް ދޭން ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމައިފިއެވެ.

މިމަހު 26 ވަނަ ދުވަހުގައި އޮންނަ މި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އެދުވަހު ހެނދުނު 10:00 ގައި ސޯޝަލް ސެންޓަރުގައެވެ. އަދި މި ރަސްމީ ޖަލްސާގައި ރައިސުލްޖުމްހޫރިއްޔާ މުހައްމަދު ސާލިހު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ މެޑެލް ދިނުން އަދި ކީރިތި ގުރުއާން ހިތުދަސްކޮށް އެއް ވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. ގައުމީ އިނާމު ދިނުމަށް މީހުން ހޮވީ، އެކަމަށްޓަކައި ރައީސް އެކުލަވައި ލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސް ދެއްވާ މެޑެލް، މި އަހަރު ހާސިލު ކުރަނީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދި ފަނަރަ ބޭފުޅެކެވެ. އަދި ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރަނީ ދެ ކުއްޖެކެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރަނީ އެންމެ ފަރާތަކުންނެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، މިއަހަރު އެއް ވަނަ ދަރަޖައިގައި ފާސްވި ދިހަ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލްވެސް މި ޖަލްސާގައި ދެއްވާނެއެވެ.

މީގެއިތުރުން ދެނީ ކީރިތި ޤުރްއާން ހިތުދަސްކޮށް، މިއަހަރު އެއް ވަނަ ވަނަ ދަރަޖައިގައި ފާސްވި ދިހަ ހާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލްވެސް މި ރަސްމީ ޖަލްސާގައި ދޭން ހަމަޖެހިފައިވެއެވެ.