މޮސްކޯ، ޖުލައި 24، /ޓާސް/: ރަޝިޔާގެ ވެރިރަށް މޮސްކޯގެ ދެ އިމާރާތަކަށް ޔޫކްރައިނުން ޑްރޯން ބޭނުން ކޮށްގެން ހަމަލާތަކެއް ރޭ ފަތިހު ދީފިއެވެ.
މޮސްކޯއަށް ޔޫކްރައިނުން ހަމަލާ ދީފަިއވާކަން މޮސްކޯގެ މޭޔަރު ސާގޭ ސޮބިއަނިން ހޯމަ ދުވަހު ވަނީ ރަޝިޔާގެ ދައުލަތުގެ މީޑިޔާއަށް ކަށަވަރު ކޮށްދީފައެވެ. އެކަމަކު މިހަމަލާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.
"މިއަދު ހެނދުނު 4:00 އެހާކަންހާއިރު މީހުން ދިރި ނޫޅޭ ދެ އިމާރާތަކަށް ޑްރޯން ހަމަލާތަކެއް ވަނީ އަމާޒުވެފައި. ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. އަދި މާބޮޑު ގެއްލުމެއް އިމާރާތަށްވެސް ލިބިފައެއް ނެތް. ހަމަލާއާ ގުޅިގެން ކުއްލި ހާލަތުގެ ހުރިހާ ހިދުމަތްތަކެއް ވެސް އެ ސަރަހައްދުގައި ދެމުން ދަނީ" މޭޔަރު ލިޔުއްވާފައިވެ އެވެ.
މިހަމަލާއާ ކުއްވެރި ކުރައްވައި ރަޝިޔާގެ ޚާރިޖީ ވަޒީރު މާރިއާ ޒަޚަރޯވާ ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ޓެރޮރިޒަމްގެ އަމަލެއް ކަމަށެވެ.
ރަޝިޔާ އާއި ޔޫކްރައިންގެ ހަނގުރާމައަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ޔޫކްރައިނުން ގެންދަނީ އެމެރިކާ އާއި ނޭޓޯއިން އެގައުމަށް ފޯރުކޮށްދެމުން އަންނަ ޒަމާނީ ހަތިޔާރުތަކުގެ ބޭނުން ހިފައި ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާ ދިނުމަށް މަސައްކަތް ކުރަމުންނެވެ.