އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ކޮމިޝަނަށް ވައްދައި، އެކަން ފާސްކޮށްފިއެވެ.

އީސީއިން ފުއާދުގެ އިތުބާރު ނެތްކަމަށް ފާކުރީ ކޮމިޝަންގެ ތިއްބަވާ 5 މެމްބަރުންގެ ތެރެއިން 3 މެމެމްބަރުންގެ ތާއީދާއިއެކުގައެވެ.

މީގެއިތުރުން އެ ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނުވަތަ ރައީސް އަދި ނައިބު ރައީސް ވަކި ކުރެވޭނެ އުސޫލެއް ބުނެފައެއް ނޯވެއެވެ. ޤާނޫނު އޮތް ގޮތުން ފުއާދު އިސްތިއުފާ ނުދެއްވާކަމުގައި ވާނަމަ ކޮމިޝަނުން މިހެން ނަގާވޯޓަކުން އޭނާގެ މަޤާމު ނުގެއްލޭނެއެވެ.

އީސީގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވާގޮތުގައި ޑމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމަށް މަސައްކަތް ކުރައްވާތީ އެކަން ކުރައްވަނީ ނުފޫޒެއްގެ ދަށުގައި ފުއާދު ހުންނަވައި ކަމަށެވެ.

ފުއާދުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވަނީ ނައިބު ރައީސް އިސްމާއިލް ހަބީބާއި އަލީ ނަޝާތާގެ އިތުރުން ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފެވެ.