ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު ޓެސްލާކުންފުނީގެ ބާނީ، އީލޮންމަސްކް 44 މިލިއަން ޑޮލަރަށް ގަނެފައިވާ ސޯޝަލްމީޑިޔާ ނެޓްވޯކް، ޓުވިޓާގެ ލޯގޯ ދޫންޏަށް އަލްވަދާއު ކިޔައި އެކްސްއަށް ބަދަލުކޮށްފިއެވެ. އާ ލޯގޯއަކީ މިދިޔަ އަހަރު މާސްކް މި ސޯޝަލް މީޑިއާ ޕްލެޓްފޯމް ގަތް ފަހުން އައި އެންމެ ފަހުގެ ބަދަލެވެ.

ޓްވިޓާގެ ވެރިޔާ އެލޮން މާސްކް އާއި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ލިންޑާ ޔަކާރީނޯ ވަނީ ސޯޝަލް މީޑިއާ ނެޓްވޯކްގެ އާ ލޯގޯ ދައްކާލާފައެވެ. ސޯޝަލް މީޑިއާ ނެޓްވޯކްގެ ސައިޓުން ހޯމަ ދުވަހު ދައްކާފައި ވަނީ އެ ކުންފުނީގެ އާ ލޯގޯ ކަމަށްވާ ކަޅު ކުލައިގެ ފަހަތުގައި ހުދު އެކްސް އެކެވެ.

މިބަދަލު ގެންނާނެކަމަށް އީލޮން މާސްކް ވަނީ މިދިޔަ ހަފްތާ ބަންދުގައި އިއުލާންކޮށްފައެވެ. އަދި މިބަދަލު މިހާރު ވެބްސައިޓުގައި ވަނީ ލައިވްވެސް ކޮށްފައެވެ.

އީލޮން މާސްކް ހުކުރު ދުވަހު ބުނީ މަޝްހޫރު ބްލޫ ބާޑް އިން ޓްވިޓާގެ ލޯގޯ "އެކްސް" އަށް ބަދަލު ކުރަން ރާވާފައިވާ ކަމަށާއި، މިއީ އޭނާގެ ފަހުން އަންނާނެ އެންމެ ފަހުގެ ބޮޑު ބަދަލުކަމަށެވެ. ހުކުރު ދުވަހުގެ ރޭ ދަންވަރު މާސްކް ވަނީ އޭނާގެ ޕްރޮފައިލް ފޮޓޯ، ޓްވިޓާގެ އާ ލޯގޯއަށް ބަދަލުކޮށްފައެވެ. ޓްވިޓާގެ ރަސްމީ އެކައުންޓް @Twitter އިން ވެސް ވަނީ އެ ކުންފުނީގެ ނަމާއި ޑިސްޕްލޭ ޕިކްޗަރ އާ ލޯގޯ "އެކްސް"އަށް ބަދަލުކޮށްފައެވެ.

ޓްވިޓާގެ ލޯގޯ "އެކްސް" އަށް ބަދަލު ކުރަން މާސްކް މި ފިޔަވަޅު އަޅާފައި ވަނީ މި މަހުގެ ކުރީކޮޅު ތައާރަފްކުރި މެޓާގެ އާ އެޕް، ތްރެޑްސް އިން ޓްވިޓާއަށް އާ ވާދަވެރިކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިއީ ޓްވިޓާއާ ވާދަކުރަން ފެށި މިއާ އެޕް ތްރެޑްސް އާމެދު ކަންބޮޑުވެފައިވާ މީހުންނަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް އަޅަން ނިންމި ފިޔަވަޅެއްކަމަށްވެއެވެ.

ޓްވިޓާގައި ދުވާލަކު ގާތްގަނޑަކަށް 200 މިލިއަން މީހުން އުޅޭ ކަމަށް ބެލެވުނު ނަމަވެސް 2022 ވަނަ އަހަރު ގިނަ މުވައްޒަފުން ވަކިކުރި ފަހުން ތަކުރާރުކޮށް ޓެކްނިކަލް ފެއިލްވުންތަކެއް ކުރިމަތިވާކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ފޭސްބުކްގެ ބާނީ ތައާރަފްކޮށްފައިވާ މެޓާއިން އެންމެ ފަހުން ތައާރަފްކުރި ތުރެޑްސް ގައި 150 މިލިއަން ޔޫޒަރުން އުޅޭ ކަމަށް ވެއެވެ. އަދި މިއީ ޓުވިޓާއާ ވާދަވެރި ކަމާއެކު ކުރިމަތިލައި ކުރިއަރައިގެންދާން މަސައްކަތް ކުރަމުން އަންނަ އެޕެކެވެ.

މިހާރު އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމަށް ހާއްސަ ކުންފުންޏެއް ކަމަށްވާ މަޝްހޫރު "ޕޭޕަލް" އަކީ އީލޮންމާސްކް އުފެއްދި އޮންލައިން ފައިނޭންޝަލް ސާވިސަސް ކުންފުނި އެކްސް.ކޮމްއެވެ. އީލޮންމަސްކް ވަނީ އޮންލައިން ނީލަމުގައި އީބޭ އިން ޕޭޕަލް 1.5 ބިލިއަން ޑޮލަރަށެވެ.

"އެކްސް" އަކުރަށް މާސްކްގެ ހާއްސަކަމެއް ހުންނަކަން މާރަނގަޅަށްވެސް ފާހަގަވެ އެނގެއެވެ. ފެނިހާމަވާ ސަބަބުތައްވެސް ގިނައެވެ. އެގޮތުން އީލޮންމަސްކްގެ އެކްސް ޑޮޓްކޮމް އުފެއްދީ މީގެ ކުރިން 1997 ވަނަ އަހަރު އެންމެ ފަހުން އެ ކުންފުނި ޕޭޕަލް އަށް ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ސްޕޭސް ސްޓާޓްއަޕް ސްޕޭސްއެކްސްގެ ލޯގޯގެ ގޮތުގައި "އެކްސް"އެވެ. އަދި އެންމެ ފަހުން އޭނާ ވަނީ އެކްސް.އޭ.އައި ކިޔާ އޭ.އައި ކުންފުންޏެއް އުފައްދާފައެވެ. އަދި މި އޭޕްރީލް މަހު އީލޮންމާސްކްގެ ސޯޝަލް ނެޓްވޯކުން ވަނީ ގާނޫނީ ނަން ޓްވިޓާ އިންކް (Twitter Inc)އިން އެކްސް ކޯޕަރޭޝަނަށް(X corp) ބަދަލުކޮށްފަ އެވެ. ޓްވިޓާއާ ހަވާލު ވުމަށްފަހު ޓެސްލާގެ ސީއީއޯ ވަނީ ސޯޝަލް ނެޓްވޯކް "އެކްސް، ދަ އެވްރީތިންގއެޕް" (X,the everything app) އަށް ބަދަލުކުރުމުގެ ވާހަކަ އެތައް ފަހަރަކު ވާހަކަ ދައްކާފައެވެ.

މިއީ އީލޮން މާސްކް ޓްވިޓާ ލޯގޯ ބަދަލުކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ކުރީކޮޅުވެސް އޭނާ ވަނީ ސޯޝަލް ނެޓްވޯކްގެ ލޯގޯ ކުރު މުއްދަތަކަށް ޑޯގޭ މީމް އަށް ބަދަލުކޮށްފަ އެވެ.

ޓްވިޓާ އުފެދުނު ފުރަތަމަ އަހަރުތަކުގައި އެ ކުންފުނީގެ އައިކޮނިކް ބާޑް ލޯގޯއެއް ނެތެވެ. 2010 ވަނަ އަހަރު އެ ކުންފުނިން ރަސްމީކޮށް ތައާރަފްކުރި ރަމްޒީ ލޯގޯ "ލެރީ ދަ ބާޑް" އަކީ ބޮސްޓަން ސެލްޓިކްސްގެ ލެޖެންޑަރީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ "ލެރީ ބާޑް"ގެ ނަމުން ނަން ދީފައިވާ ލޯގޯއެކެވެ.

މީގެގެ އިތުރުން ވެސް އީލޮންގެ ޓެސްލާގެ އެސްޔޫވީގެ މޮޑެލްއަކަށް ވެސް "އެކްސް" ކިޔާފައިވެ އެވެ.

އިލޮން ވިދާޅުވެފައިވާ ގޮތުގައި ޓްވިޓާގެ ލޯގޯ "އެކްސް" އަށް ބަދަލުކުރި މައިގަނޑު ސަބަބަކީ ޓުވިޓާ "ސުޕަ އެޕް" އަކަށް ހެދުންކަމަށެވެ. އީލޮންމާސްކް ޓްވިޓާ ގަނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގައެވެ. އަދި މިހާރު އެ ހިންގަނީ އީލޮންމާސްކްގެ އެކްސް ކޯޕަރޭޝަންގެ ދަށުންނެވެ.