މެޖިސްޓްރޭޓް (ރިޓަޔަރޑް) އަބްދުﷲ އަފީފް އަވަހާރަވުމާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ތައުޒިޔާ ފޮނުވައިފިއެވެ.
މެޖިސްޓްރޭޓް (ރިޓަޔަރޑް)ލ. ކަޅައިދޫ ހިތަށްފިނިވާގޭ އަބްދުﷲ އަފީފް، އަވަހާރަވެފައި ވަނީ 25 ޖުލައި 2023ގައެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުކަމުގައި ސާޅީސް އަހަރަށްވުރެ ގިނަ ދުވަހު އަބްދުﷲ އަފީފް ހިދުމަތްކުރައްވާފައި ވާކަމަށެވެ.
މިއީ ލިބުނު ވަރަށް ފުން ހިތާމައެއްކަން ފާހަގަކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި އެ މަރްހޫމްގެ އާއިލާއަށް ޖޭއެސްސީން ވަނީ ތައުޒިޔާ ފޮނުވާފައެވެ.