މޮސްކޯ، ޖުލައި 26، /ޓާސް/: ޔޫކްރޭނުން ކްރައިމިއާ އާއި މޮސްކޯއަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ހަރުކަށި ރައްދު ދިނުމުގެ ހައްގު ރަޝިޔާއަށް ލިބިގެންވާ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވި އެވެ.

"ޖުލައި 17 ވަނަ ދުވަހު ކްރައިމިއަން ބްރިޖަށް ހަމަލާއެއް ދިން. ޖުލައި 24 ވަނަ ދުވަހު ޔޫކްރޭންގެ ދެ ޑްރޯން މޮސްކޯގެ އަމާޒުތަކަށް ހަމަލާދޭން މަސައްކަތް ކުރި. ކްރައިމިއާގެ ފެސިލިޓީތަކަށް ހަމަލާދޭން 17 ޑްރޯން މަސައްކަތް ކުރި. މި މަސައްކަތްތައް ކާމިޔާބުކަމާއެކު ރަޝިޔާގެ އެއާ ޑިފެންސް ޓްރޫޕްސް އާއި އިލެކްޓްރޯނިކް ވާފެއާ ސިސްޓަމްތަކުން ފަހަތަށް ޖައްސާލި. މީގެ ކުރިން ޖުލައި 20 ވަނަ ދުވަހު ޔޫކްރޭންގެ ޑްރޯނެއް ވަނީ ރަޒްޑޯލް އަވަށަށް ހަމަލާދީފަ. މިހަމަލާ ތަކުގައި 14 އަހަރުގެ ކުއްޖަކު މަރުވި" ރަޚަރޯވާ ވިދާޅުވިއެވެ.

"ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން މި ހުރިހާ ޖަރީމާއެއް ފުރިހަމައަށް ތަހުގީގު ކުރަމުން އެބަދޭ. ކަނޑައެޅިގެން ކުށްވެރިން ދެނެގަނެ އަދަބު ލިބޭނެ. ބަދަލު ހިފުމުގެ ހަރުކަށި ފިޔަވަޅުތައް ޔޫކްރޭނާ ދެކޮޅަށް އެޅުމުގެ ހައްގު ރަޝިޔާއަށް ލިބިގެންވާ،" ޒަޚަރޯވާ އިތުރަށް ވިދާޅުވިއެވެ.