ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާ ގުޅިގެން މާލޭގެ ބޮޑެތި މަގުތަކުގައި، މިއަދު ޕެރޭޑާއި ފުޅަނދުބުރާ ބާއްވަން ހަމަޖައްސާފައިވާތީ، އެ މަގުތައް މެންދުރުފަހު 3:00 އިން ފެށިގެން ދަތުރުފަތުރަށް ބޭނުން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރާއި ޕެރޭޑް މިއަދު ބާއްވާއިރު، އެ ކަމާ ގުޅިގެން އެހެން މަގުތަކުގެ ޓްރެފިކް ފްލޯއަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެގޮތުން ޕެރޭޑު ހުއްޓާ ސަރަހައްދުތަކަކީ ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކުރިމައްޗާއި، ސޯސަން މަގާއި، މަޖީދީ މަގު ޗާންދަނީ މަގު ހަަތަރު އަނގޮޅިއާއި، މަޖީދީ މަގު މިލިއަން ބުކްޝޮޕް ކުރިމައްޗާއި އަދި ބޮޑުތަކުރުފާނު މަގު އިތުރުން ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތީގައެވެ.

ފުޅަނދު ބުރު ހުއްޓަން ހަމަޖެހިފައިވާ ސަރަހައްދުތައް:

1- ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކުރިމަތި

2- ސޯސަން މަގު/ ދިވެހި އެކެޑެމީ ކުރިމަތި

3- މަޖީދީމަގު/ އޮލިމްޕަސް ކުރިމަތި

4- މަޖީދީމަގު/ މާލޭ ގްރޭންޑް ކުރިމަތި

5- ޗާންދަނީމަގު/ ދާރުލްއާސާރު ކުރިމަތި.

ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޕްރޭޑް ފަށާނީ މިއަދު ހަވީރު 4:30 ގައެވެ. އަދި ފުޅަނދު ބުރު ފަށާނީ މިރޭ 8:00 ޖަހާއިރުއެވެ.