ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ގއ ވިލިނގިލީގައި އުމުރުން 21 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ދަންވަރު ފުލުހަށް ވަނީ ހުށަހަޅާފައެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މައްސަަލައާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.