ވޮޝިންޓަން - ޗައިނާއާ ކުރިމަތިލާން ޖެހިދާނެ ހާލަތަކަށް ތައިވާން ތައްޔާރު ކުރުމަށްޓަކައި ތައިވާނަށް 345 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭން ނިންމާފައިވާކަން އެމެރިކާއިން ހުކުރު ދުވަހު އިއުލާންކޮށްފި އެވެ.

ތައިވާނަށްދޭ އަސްކަރީ އެހީއާ ގުޅިގެން ވައިޓް ހައުސްއިން ނެރެނުނު ބަޔާނުގައި ބުނެފައިވަނީ އެ ޕެކޭޖުގައި ތައިވާނު ރައްޔިތުންނަށް އަސްކަރީ ގޮތުން ތައުލީމާއި ތަމްރީނުތައް ދިނުމަށް ހިމަނާފައިވާނެ ކަމަށެވެ.

ހަތިޔާރުގެ ގޮތުގައި ފޮނުވާނީ މެން ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމް ނުވަތަ މެންޕެޑްސް، އިންޓެލިޖެންސް އެންޑް ސަވައިލެންސް ކެޕޭސިޓީ އާއި ބަޑި އަދި މިސައިލް ކަމަށްވެސް ވައިޓްހައުސްއިން ނެރުނު ބަޔާނުގައިވެއެވެ.

އެމެރިކާގެ ނޫސްތަކުން ޚަބަރު ފަތުރާ ގޮތުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގެންދަވަނީ ތައިވާނަށް އަވަހަށް ހަތިޔާރު ފޮނުވުމަށް ޕެންޓަގަން އާއި ވައިޓް ހައުސްއަށް ޕްރެޝަރު ކުރަމުންނެވެ.

ތައިވާނަކީ ޗައިނާގެ ބައެއް ކަމަށް ވަރަށް ހަރުކޮށް ޗައިނާއިން ބުނެ، ދޭތެރެ ދޭތެރެއިން ތައިވާނުގެ ވައިގެ ސަރަހައްދަށް ޗައިނާގެ އަސްކަރީ މަތިންދާ ބޯޓުތައް ވަދެއެވެ. އަދި ކޮންމެ އަގެއް ދައްކައިގެން ވިޔަސް ޗައިނާގެ ބާރުގެ ދަށަށް ތައިވާން ގެންނާނެ ކަމަށް އެގައުމުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.