ޏ. ފުވައްމުލަކު ދަނޑިމަގު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް މިދިޔަ ހުކުރު ދުވަހުގައި ފަށާފައިވާކަމަށް އެ މަސަައްކަތްކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަސައްކަތަކީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ 2.59 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫޢުގެ ދަށުން، 5,263.65 އަކަ މީޓަރުގެ ސަރަޙައްދެއް އެކްސްކަވޭޓް ކުރުމާއި، 4,511.70 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބެކްފިލިންގ މަސައްކަތް ކުރުމާއި، 15,039 އަކަ މީޓަރުގެ ސަބްބޭސް މަސައްކަތާއި ކޮމްޕެކްޝަން މަސައްކަތް ހިމެނެއެވެ.

އަދި 460.29 އަކަ މީޓަރުގެ ޕޭވްމަންޓް ހަރުކުރުމާއި، ކަރބް ސްޓޯން ހަރުކުރުމާއި، ކާނު މަތިގަނޑާއި، ފެންހިންދާ ވަޅުގަނޑާއި، ގްރޭވަލް ޕިޓްސް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.