ގއ. ވިލިނގިލީގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ރޭގައި ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ހަލި ނިއުސް" އަށް މިއަދު މައުލޫމާތު ދިން ގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި، ކޯޓު އަމުރުގެ ދަށުންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 20 އަހަރާއި، 24 އަހަރު އަދި 30 އަހަރުގެ ފިރިހެނުން ކަމަށްވެސް ފުލުހުން ބުނިއެވެ.

ރޭޕްކުރުމާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއް --- ފޮޓޯ: ޕީއެސްއެމް

މި މައްސަލަ ބަލަން ފަށާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގައެވެ. މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައި ނުވެއެވެ.