ދިވެހި ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އާއި ވައިޓަލްކެއަރ ޑެންޓަލް ގުޅިގެން އަނގައިގެ ކެންސަރ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އިސްކަންދަރު ބިލްޑިންގގައި މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މުވައްޒަފުންގެ މެދުގައި ސިއްހީ މައުލޫމާތު އިތުރު ކުރުމާއި ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތުދިނުމާއި އަނގައިގެ ކެންސަރަށް ސްކްރީން ކުރުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
އެގޮތުން، އަނގައިގެ ކެންސަރު ޖެހެން މެދުވެރިވާ ސަބަބުތަކާއި ބަލީގެ ކުރީކޮޅު އެކަން ދެނެގަނެވޭނެ ގޮތްތަކާ އަދި ބަލިން ރައްކާތެރިވާނެ ގޮތުގެ އިރުޝާދުދިނުމާއެކު ޓެސްޓުކޮށްފައިވެއެވެ.
އަދި ވައިޓަލްކެއަރގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ކްލިނިކަލް އެގްޒަމިނޭޝަން ކުރިއަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.