ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ 4 ގައުމެއްގައި ކަމަށާއި އަނެއް 4 ގައުމުގައި ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރީ-ރެޖިސްޓްރީކޮށްފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހައިތަނަށް ވޯޓު ފޮށި ރާއްޖެއިން ބޭރުގައި ބެހެއްޓޭކަން ކަށަވަރުވެފައިވަނީ މެލޭޝިއާ، އިނގިރޭސިވިލާތް، އިންޑިއާ އަދި ސްރީލަންކާގައި އެކަނި ކަމަށެވެ.

އަދި ސިންގަޕޫރާއި، ޖަޕާނާއި، އަބޫދާބީ އަދި ތައިލޭންޑުގައި ވޯޓުފޮށި ބެހެއްޓެވަރަށް ވޯޓުލާ މީހުންގެ އަދި ރަޖިސްޓަރ ވެފައިނުވާކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

މީގެއިތުރުން އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރުމުގެ ސުންގަޑި މިއަދު ހަމަވާނެތީ، އެންމެ ފަހު ވަގުތާޖެހެންދެން ނުތިއްބަވައި، ވީހާވެސް އަވަހަކަށް ރީ-ރެޖިސްޓްރީ ކުރެއްވުމަށް ހަބީބުވަނީ އިލްތިމާސްކުރައްވާފައެވެ