މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގެ ޑެޕިއުޓީ މިނިސްޓަރު މަގާމުން ފާތިމަތު ނިއުމާ އިއްޔެގައި އިސްތިއުފާ ދެއްވައިފިއެވެ.
ނިއުމާ މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަ ކުރައްވާފައެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުއްވި އިސްތިއުފާގެ ސޓީގައި މަގާމުން އިސްތިއުފާ ދެއްވާ ކަމަށާއި އެ މަގާމު ދެއްވިކަމަށްޓަކައި ރައީސް ސާލިހަށް ޝުކުރު އަދާ ކުރައްވާ ކަމަށް ނިއުމާ ވަނީ ދަންނަވާފައެވެ.
ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ނިއުމާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވައި އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
ޕްލޭނިން މިނިސްޓަރ ގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގެ އިތުރުން ނިއުމާ އަކީ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސްވެސްމެއެވެ.