އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރި ދ. މާއެނބޫދޫ / ރަތްފުސްގެ، އިބްރާހީމް ޝުޖާއު (36އ) މިހާރު ދިރިއުޅޭ އެޑްރެސް، (ނޫވިލާ /މ. މުލި) ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީގެ ގަޑިއެއްހާ އިރު ކުރިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އިބްރާހިމް ޝުޖާއު ވަނީ އޭނާގެ އާއިލާއަށް ގުޅާފައި ކަމަށެވެ. ޝުޖާއު އޭނާގެ އާއިލާއަށް ގުޅާފައި، ހުރީ ކަނޑުމަތީގައި ކަމަށާއި ކަންނެލި ދޯންޏެއްގައި އުޅޭކަމަށް ބުނެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުންގެ ޓުވީޓުގައި ހާމަކޮށްފައިވެއެވެ.

އިބްރާހީމް ޝުޖާއު، ގެއްލި އާއިލާއަށް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖުލައި 30 ވަނަ ދުވަހުގެ 22:04 އެހާ ކަށްހާއިރުއެވެ. އެވަގުތުން ފެށިގެން ފުލުހުން ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅި އިރު ޝުޖާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ޝުޖާ އުޅެނީ މުދާ އުފުލާ ދޯންޏެއްގައެވެ. އޭނާގެ ހަބަރެއް އެންމެފަހުން ވެފައިވަނީ ޖުލައި 14 ވަނަ ދުވަހުގެ 12:37 އެހައިކަންހާއިރު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.