ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ހުކުރު ދުވަހަށް ތާވަލު ކޮށްފިއެވެ.

ކެންޑިޑަސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 02:30 އަށެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން ކެންޑިޑަސީ ހުށަހެޅުމުން އީސީން. ވަނީ ކެނޑިޑަސީ ފޯމް ބަލައިގަންނަން ދެކޮޅު ހަދާފައެވެ.

އީސީން ވިދާޅުވިގޮތުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮތުމުން ކަމަށެވެ.

އަދި އެ ކޮމިޝަނުން ވަނީ ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން ކެންޑިޑަސީ ފޯމް ހުށަހެޅުމުން ދެކޮޅ ހަދާފައެވެ.

ހުކުމެއް ތަންފީޒް ކުރަމުންދާތީ, ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަން ކޮމިޝަންއިން ނިންމާފައިވެއެވެ.

ރައީސް ޔާމީންގެ ކެނޑިޑަސީ މައްސަލަ ސްޕްރީމް ކޯޓުން ހަތް ދުވަސް ތެރޭގައި ނިންމާނެއެވެ.