ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވާ ސިއް ޙީކުއްލި ނުރައްކަލު ހާލަތު އުވާނުލައި ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތައް ޤާނޫން އިސްލާާހު ކުރުމަށް ހުށައަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބިލް އެކުލަވާލުމުގެ މަސައްކަތް ފެއްޓެވީ އިއްޔެގެ ވަގުތެއްގައެވެ.
މީގެ އިތުރުން މަޖިލީހަށް ބިލް ހުށައެޅުމަށްފަހު، މެމްބަރު ނިޔާޒު ވަނީ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ކުއްލި ގޮތެއްގައި ބާއްވަން ބޭނުންވާކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކާއި ބެގޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ވަރަށް އަވަހަށް ފާސްކޮށް ނިންމަޖެހޭ ބިލެއް ކަމަށާއި، އެހެން ކަމުން މި ބިލު ފާސްކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ، ބިލު ފާސްކޮށް ނިމެންދެން ޖަލްސާތައް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައިވަނީ މި އިސްލަހުތަކާއިއެކު ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ފާސް ކުރުމަށް ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް ޖަލްސާ ބާއްވަނެ ވަކި ތާރީހެއް ސާފު ވެގެންދާނީ މަޖިލީހުގެ އިދާރާއިން އެކަން އިއުލާން ކުރުމުންނެވެ.
ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންމަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މި އިސްލާހު މި މަސްތެރޭ ފާސްކުރަން ޖެހޭނެ ކަމަށް އިސީގެ ރައީސް އަހުމަދު ޝަރީފްވަނީ މީގެ ކުރިން ވިދާޅުވެފައެވެ.