ރަފެލްސް މޯލްޑިވްސް ރިސޯޓުން މިއަދު ހެނދުނު މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މިއީ ގދ. އަތޮޅުގައި އޮންނަ ރިސޯޓެކެވެ. ގެއްލިގެން ހޯދަނީ އެ ރިސޯޓުގެ ދޯންޏެއްގައި މަސައްކަތް ކުރާ ބަންގެލަދޭޝްގެ ރައްޔިތެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ މިއަދު 15:30 ހާއިރެވެ. އަދި މިހާރު ފުލުހު ދަނީ ގެއްލިގެން އުޅޭ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ގެއްލިގެން އުޅޭ މީހާގެ އިތުރު މައުލޫމާތު އަދި ހާމަ ކޮށްފައެއް ނުވެއެވެ.