މާލޭގައި ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ހިފަހައްޓައި އޭނާގެ އެކައުންޓުން ފައިސާތަކެއް ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭގައި ފިރިހެނަކު ގެސްޓު ހައުސް އެއްގެ ތެރޭގައި ރަހީނުކޮށް އަނިޔާ ކުރުމަށްފަހު އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާދިސާ ހިނގީ މިއަދު މެންދުރު ފަހުއެވެ. މި ހާދިސާގައި އެމީހާގެ ބެންކް އެކައުންޓުން ފައިސާ ގަދަކަމުން ޓްރާސްފާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އެމީހާގެ އަތުން ފޭރިގެންފައި ވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން ހާމައެެއް ނުކުރެއެވެ.

އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.