މިއަހަރު ތެރޭގައި 50 އަށްވުރެ ގިނަ ރަށުގައި އައުޓްޑޯ ޖިމް އަޅައިދެނީ

0
ހުޅުމާލޭގައި އަޅާފައިވާ އިންޓަނޭޝަނަލް ދުވާ ޓްރެކް

މި އަހަރުގެ ތެރޭގައި 50 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރައްވާނެ ކަމަށް ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ކުޅިވަރަކާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ ފިރިހެން ބޭފުޅުން ކުޅޭނެ ވަރަށް ގިނަ ކުޅިވަރު ވަސީލަތްތައް ގާއިމް ވަނީ ކުރެވިފައި، އެހެންކަމުން އަންހެން ބޭފުޅުންނަށްވެސް ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައުޓްޑޯ ޖިމްތަކެއް ރައްރަށުގައި ހެދުމަށް މިހާރު ނިންމާފައިވާކަމަށެވެ.

އަދި މިއަހަރުގެ ތެރޭގައި 50 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމް ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisements

ކުޅިވަރާއި ބެހޭ ވުޒާރާއިން ވަނީ ކުރީގެ އީޑީސީގެ ބިމުގައި އަމީނީ ސަންދުރެސްގެ ނަމުގައި އައުޓްޑޯ ޖިމެއް މިދިޔަ މަހު ހުޅުވާފައެވެ.

Advertisements