މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަށްވެހިވެފައި ނޫން އެހެން ތަނެއްގައި، ރީރަޖިސްޓްރީ ކުރުމަށް ދީފައިވާ ފުރުސަތު މިއަދު ހަވީރު 16:00 ގައި ހަމަވާނެއެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހަށް ހަމަވެފައިވާއިރު މިހާރު ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމް، އިލެކްޝަންސް ކޮމިޝަނަށް ނޫނީ ފޯކަލް ޕޮއިންޓަކަށް ހުށަހަޅައިގެންނެވެ.

ރީ-ރަޖިސްޓަރީ ވާން ހުޅުވާލިޔަސް، މާލޭގައި ވޯޓުލުމަށް މީގެ ކުރިން ރަޖިސްޓަރީ ވެފައިވާ މީހުން އަލުން ރަޖިސްޓަރީ ކުރަން ނުޖެހޭނެއެވެ.

މާލޭގައި ވޯޓުލުމަށް މީގެ ކުރިން ރަޖިސްޓަރީ ވެފައިވާ މީހުން އަލުން ރަޖިސްޓަރީ ކުރަން ނުޖެހޭނެއެވެ.