އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް އިލެކްޝަނަށް ފޯމު ހުށަހެޅުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކުށުގެ ރެކޯޑު ސާފު ކުރުމަށް ހުށަހަޅައިފިއެވެ.

ޖޭޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް, އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަނީ ޖޫން 9, ގައި ރިޔާސީ ޓިކެޓު އަރުވާފަ އެވެ. އަދި މިދިޔަ މަހު 23، އިން ފެށިގެން ކުރިމަތިލާން ހުޅުވާލާފައި އޮތް ނަމަވެސް އިއްޔެއާ ހަމައަށް އެމަނިކުފާނު ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅާފައެއް ނުވެއެވެ

ޤާސިމް އިންތިޚާބުގައި ވާދަ ކުރައްވާއިރު އަދި މިހާތަނަށް ރަނިން މޭޓަކަށް ކަނޑައަޅުއްވާ ބޭފުޅަކު އިއުލާންކޮށްފައި ނުވެއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަދާކުރެއްވުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް، ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމަށް އަރުވާފައިވަނީ މިދިޔަ ޖޫންމަހުގެ 9 ވަނަ ދުވަހުއެވެ.

އަދި ޤާސިމް ވަނީ އިންތިޚާބީ އެޖެންޓަކަށް ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ހަމަޖައްސަވާފައެވެ.

ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމުގެ މުއްދަތު އަންނަ ހަފްތާގެ ހޯމަ ދުވަހަށް ހަމަވާނެއެވެ. .