ޕީއެންސީން ނެރޭ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ އިންތިޚާބީ އޭޖެންޓަކަށް ޕީޕީއެމްގެ ރަޖިސްޓްރާ އަހުމަދު ހަމްދާން ނާސިރު ހަމަޖައްސައިފިއެވެ.

މުއިއްޒު ވަނީ ހަމްދާން ކެމްޕޭން އޭޖެންޓަކަށް ހަމަޖައްސަވައި، ކުށުގެ ރެކޯޑު ސާފު ކުރުމަށްވެސް ހުށަހަޅާފައެވެ.

މުއިއްޒުގެ ރަނިން މޭޓަކަށް ކަނޑައެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ޑރ. މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވީ ޕީޕީއެމްގައި ހުންނަވާފައި ޕީއެންސީއަށް ސޮއި ކުރައްވައި ކައުންސިލްގައި ނެގި ވޯޓުގެ މެޖޯރިޓީ ހޯއްދަވައިގެންނެވެ. އެވޯޓުގައި މުއިއްޒުއަށް 25 ވޯޓު ލިބިލެއްވިއިރު ވާދަކުރެއްވި އަނެއް ކެނޑިޑޭޓު އާދަމް ޝަރީފު އުމަރަށް ލިބިލެއްވީ 23 ވޯޓެވެ.