މިއަންނަ މަހު ނުވަވަނަދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން ރަށަކަށް ވޯޓު ލާނަމަ، ރީ ރަޖިސްޓްރީ ކުރުމުގެ ވަގުތު މިރޭ 10:00 ޖަހަންދެން އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު މިރޭ 10:00 އާ ހަމައަށް އިތުރުކޮށްފައިވާއިރު، އެ ވަގުތާ ހަމައަށް ނަންބަރު ދޫކުރަމުންދާނެކަމަށެވެ.

ކުރިން އިއުލާންކޮށްފައި އޮތް ރީ-ރަޖިސްޓްރީ ކުރުމުގެ ވަގުތު ހަމަވެފައި ވަނީ މިއަދު ހަވީރަށެވެ.

ނަމަވެސް އަލުން ރީ-ރަޖިސްޓަރީ ވާން ހުޅުވާލާފައިވާއިރު، މާލޭގައި ވޯޓުލުމަށް މީގެ ކުރިން ރަޖިސްޓަރީ ވެފައިވާ މީހުން އަލުން ރަޖިސްޓަރީ ކުރަން ނުޖެހެއެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހަށް ހަމަވެފައިވާއިރު މިހާރު ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމް، އިލެކްޝަންސް ކޮމިޝަނަށް ނޫނީ ފޯކަލް ޕޮއިންޓަކަށް ހުށަހަޅައިގެންނެވެ.

އީސީން ބުނީ، ރިޔާސީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓް އަދި (VR space ID.No) ވީއާރް ޖެއްސެވުމަށްފަހު ސްޕޭސް ދިނުމަށްފަހު އައިޑީކާޑު ނަންބަރު ޖައްސަވާފައި 1414 އަށް އަށް އެސްއެމްއެސް ކޮށްގެން ޗެކު ކުރެވޭނެ ކަމަށެވެ.