އދ. އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަަށުން އެއްގަމު ތޮށީގެ ބްލޮކްްގެ ފުރަތަމަ ޝިޕްމެންޓް މަސައްކަތް ކުރާ ގެންގޮސްފައިވާކަމަށް މިއަދު އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މީގެއިތުރުން ބުނީ މިހާރު އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އޮމަދޫ ބަނދަރު ހެދުމަށް ކޮނުމުގެ ތެރެއިން

މި މަޝްރޫއުއަކީ ޕްލޭނިން މިނިސްޓްރީން 66.96 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. އަދި އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 630 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން، 49,765 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 12,105 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 398 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,6470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، 150 މީޓަރުގެ ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.