އއ.އުކުޅަހު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު 72 މަސައްކަތް ނިމިފައިވާކަމަށް އެމަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ ސައިޓުގައި މިވަގުތު ކުރިއަށް ދަނީ ޖެޓީގެ ބީމް އާއި ސްލެބްގެ ޝަޓަރިންއާއި ރިއިންފޯސްމަންޓް އަދި ކާސްޓިންގ މަސައްކަތްތައް ކަމަށެވެ.

ސަރުކާރުން މި މަޝްރޫއު އެމްޓިސީސީ އާއި ހަވާލު ކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ. އެމްޓީސީސީން ބުނީ މިއީ 40.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

އުކުޅަހު ބަނދަރު ހެދުމުގެ ތެރެއިން

މި މަޝްރޫޢުގެ ދަށުން، 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 5 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 484 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 264 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި ކަނެކްޓިވިޓީ ބްރިޖެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި އޭޕްރަންއެއް ހެދުމާއި 1,598 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އަދި މަގުބައްތި ހަރުކުރުން ހިމެނޭކަމަށް އެމްޓީސީސީއިން ބުނިއެވެ.