ގިލްގިޓް ބޯލްޓިސްތާން ކަޝްމީރުން ވަކިކޮށް، އަމިއްލަ ޕްރޮވިންސަކަށް ހެދުމަށް ޕާކިސްތާނުން ނިންމާފައިވާ ނިންމުމުގެ ފަހަތުގައި ވަނީ ކޮންކަމެއް ބާވައެވެ؟ އިންޑިއާއާއި އެމެރިކާއިން ދެކޭނީ މިއީ ޗައިނާއިން އަޑީގައި އޮވެގެން ކުރުވާ ކަމެއް ކަމަށެވެ.

ޕާކިސްތާނުން ދަނީ ގިލްގިޓް ބޯލްޓިސްތާން ޕްރޮވިންސަކަށް ހެދުމުގައި ކުރަން ޖެހޭ މަސައްކަތްތައް ފުރިހަމަ ކުރަމުންނެވެ. މިއީ ޕާކިސްތާނާއި އިންޑިއާއާ ދެމެދުގެ ނުތަނަވަސް ގުޅުމުގެ އިތުރު އައު ބޮޅެއްކަމުގައި ވާނެ ކަމެއްކަމަށް މުހައްލިލުން ދެކެއެވެ.

ކިޔާލަން: ޕާކިސްތާނުން އިޢުލާންކުރި އެގައުމުގެ އައު ޗާޓުން ދައްކަނީ ކޮން މަގެއް؟

މިދިޔަ ހަފްތާގައި ޕާކިސްތާން ސަރުކާރުގެ ވަޒީރުންނާއި އިދިކޮޅު ލީޑަރުންނާއި ގައުމުގެ އެންމެ އިސް މުއައްސަސާ ކަމުގައިވާ ސިފައިން އެއްކޮށް ބޭއްވި ބައްދަލުވުމަކުން ނިންމާފައިވަނީ، ގިލްގިޓް ބޯލްޓިސްތާނަށް ޕްރޮވިންސެއްގެ ދަރަޖަ ދިނުމަށެވެ.

ސަރަހައްދު ހުރަސްކޮށް ޕާކިސްތާނުގެ ފަޅިން އިންޑިއާއަށް އަންނަ ހަމަލަތަކާ ގުޅިގެން އިންޑިއާއިން ވަނީ ޕާކިސްތާނުގެ ސަރަހައްދަށް ވައިގެ ހަމަލާއެއް ދީފައެވެ. ހަ މަސްފަހުން ކަޝްމީރު އިންޑިއާގެ ސްޓޭޓަކަށް ހެދުމާއެކު، ދެ ގައުމުގެ ގުޅުން އިތުރު އަނދަވަޅަކަށް ވެއްޓި އިސް ޑިޕްލޮމޭޓުން ބޭރުކޮށް ގުޅުން ވަނީ ދަށް ކުރެވިފައެވެ.

އިންޑިއާއިން މާއްދާ 370 އަށް ބަދަލު ގެނައުމަށްފަހު އިޢްލާން ކުރި ޗާޓްގައި ވަނީ ކަޝްމީރާއި ލަދާކް ވަކިކޮށްފައެވެ.

ކިޔާލަން: ކަޝްމީރު ބައިކޮށްލި ފަހުން އަހަރެއްވާއިރު ވީކިހިނެއް؟

ޕާކިސްތާންގެ ފަސް ވަނަ ޕްރޮވިންސަކަށް ގިލްގިޓް ބޯލްޓިސްތާން ހަދާއިރު ޕާކިސްތާނަށް ގިލްގިޓް ލިބިފައިވަނީ 1947ގައެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާން ފައިބެ އަހަރު، އޮކްޓޯބަރު މަހު ޗައިނާއަށް ޒިޔާރަތް ކުރެއްވި ފަހުން ކަޝްމީރުގެ މައްސަލަ ޗައިނާއިން ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ނަގައި ވާހަކަ ދައްކާފައި ވެއެވެ. ފަހުން އޭޝިއާގެ އެންމެ ބޮޑު ދެ ބާރު ވަނީ ވަޅޯ ހަނގުރާމައެއްގައި ކުރިމަތިލުންތަކެއް ހިންގާފައެވެ.

ކިޔާލަން: ޗައިނާއާއި އިންޑިއާގެ ހިމާލިއާ ސަރަހައްދުގެ އައު ކުރިމަތިލުމަށް ބަލައި ލުމެއް

އިންޑިއާ އިން އާންމުކޮށްފައިވާ ޗާޓްގައި ގިލްގިޓް ބޯލްޓިސްތާނާއި ސިއާޗެން ގަނޑުފެން ގަނޑަކީވެސް އިންޑިއާގެ ތަންތަނެވެ.

ސިއާޗެން އަކީ 1984ން 2003އާ ހަމައަށް ދުނިޔޭގައި އެންމެ އުހުގައި ހަމަލާތައް ބަދަލު ކުރެވުނު ހަނގުރާމައިގެ މައިދާނެވެ. ދުނިޔޭގެ އެންމެ އުސް ކުންނުތަކުގެ ތެރޭން 20 ކުންނު ހިމެނެނީ މިތާގައެވެ. އަދި ސްތްރެޓީޖިކް ހިންދުކޫޝް އާއި ކަރާކުރަމް ފަރުބަދަތައް ގުޅޭ ތަނަކީ ވެސް މިއީއެވެ. އެއީ އޭޝިއާގެ މިސަރަހައްދަށް ވަންނަ އެއްގަމު ދޮރާށްޓެވެ. މިތންތަން ގޮސް ގުޅެނީ ހިމާލިޔާ ފަރުބަދައިގެ އުސް ސިލްސިލާއާއެވެ.

ޕާކިސްތާނުގެ މި ނިންމު ނުބައި ގޮތަކަށް ގޮސްފިނަމަ، މި ދަނޑިވަޅުގައި އިންޑިއާއަށް ޖެހޭނީ އުނިޔޭގެ އެންމެ އުހުގައި ކުރެވޭ ހަނގުރާމަ އެއްވަރެއްގައި ދެ މައިދާނެއްގައި ކުރިއަށް ގެންދާށެވެ. ޗައިނާއާއި ޕާކިސްތާނާއެކުގައެވެ.

ޕާކިސްތާނުގެ މިނިންމުން ޗައިނާއަށް އިންތިހާއަށް މުހިންމެވެ. ޗައިނާއަށް އަރަބި ކަނޑަށް ފައިބަން އޮންނަ މަގަކީ ޕާކިސްތާނުގެ ތެރޭން ލައިގެން އޮންނަ މަގެކެވެ. ޗައިނާގެ މުސްލިމުންގެ ޝިންޖިއާން ޕްރޮވިންސުން ގޮސް މި މަގު ޕާކިސްތާނަށް ވަންނާނީ ގިލްގިޓް ބޯލްޓިސްތާން ތެރޭން ލައިގެންނެވެ.

ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް)ގެ ކާމިޔާބީ ބިނާވެގެން ވަނީވެސް މިސަރަހައްދުގައި އޮންނަ ހަމަޖެހުމަކާއި ޕާކިސްތާނަށް މިހަމަނުޖެހުން ބޮޑު ސަރަހައްދު ކޮންޓްރޯލު ކުރެވުމުގެ މައްޗަށެވެ.

މިއާއެކު މުހިންމު ގާނޫނީ ސުއާލެއްވެސް ކުރިމަތިވެއެވެ.

ކިޔާލަން: ހިފާފައިވާ ބިމުގެ ތެރެއިން މައްސަލަ ޖެހިފައިވާ ބިމެއްގައި ތިން ވަނަ ގައުމަކުން އިންވެސްޓުކުން

އިންޑިއާއިން މާނަކުރަނީ ގިލްގިތްގެ ބިމަކީ ހިފާފައިވާ ބިމެކެވެ. ހިފާފައިވާ ބިމެއްގައި ތިންވަނަ ފަރާތަކުން އިންވެސްޓެއް ނުކުރެވޭނެއެވެ. އަދި އިންވެސްޓް ކޮށްފިނަމަ، ވާނީ ކިހިނެއް ހެއްޔެވެ؟