އޮކްޓޯބަރު 11 ވަނަ ދުވަހު ބާއްވާ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިނގިރޭސި ހައި ކޮމިޝަނުން އިންޑިއާގެ ޒުވާން އަންހެނުންނަށް އިނގިރޭސިވިލާތުގެ އެންމެ މަތީ ޑިޕްލޮމެޓެއްގެ ގޮތުގައި ދުވަހެއް ހޭދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން މިދުވަސް ފާހަގަ ކުރުމަށް، އިނގިރޭސި ހައިކޮމިޝަނުން ވަނީ އެއް ދުވަހުގެ މުއްދަތަށް ހައިކޮމިޝަނަރަކަށް ވުމުގެ މުބާރާތެއް އިންތިޒާމު ކޮށްފައެވެ.

"ހައި ކޮމިޝަނަރ ފޯރ އަ ޑެއި" އަށް ވުމަށް ކުއްޖަކު ހޮވުމަށް ބާއްވާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އުމުރުން 18 އަހަރާއި 23 އަހަރާ ދެމެދުގެ އިންޑިއާގެ އަންހެން ކުދިންނަށް އެކަމަށް ހުށަހެޅުމަށް ހުޅުވާލާފައި ވެއެވެ. ނިއުދިއްލީގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރު އެލެކްސް އެލިސް ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޒުވާން އަންހެނުންގެ ބައިވެރިވުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.

ހައިކޮމިޝަނަރު އެލެކްސް ވިދާޅުވީ އިންޑިއާގެ އަންހެންކުދިންގެ ހުނަރުވެރިކަމާ މެދު އަބަދުވެސް ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ އަދި ކުރިއަށް އޮތް އަހަރުތަކުގައި އިންޑިއާގެ މޮޅު، ޒުވާން އަންހެނުން ރަނގަޅު މުސްތަގުބަލެއް ލީޑް ކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށްވެސް އެލެކްސް ވަނީ ވިދާޅުވެފައެވެ.

އިނގިރޭސި ހައިކޮމިޝަނުން، 2017 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ބާއްވާ "ހައި ކޮމިޝަނަރ ފޯ އަ ޑެއި" މުބާރާތުން މިދިޔަ އަހަރުގެ އެއްވަނަ ހޯދީ ލަކަނޫގެ އުމުރުން 20 އަހަރުގެ ޖަގްރިތީ ޔާދާވް އެވެ. ޖަގްރީތީ ޔާދާވް ވަނީ ތަފާތު ސްޓޭކްހޯލްޑަރުންނާއެކު ލީޑްކޮށް ބައްދަލުވުންތައް ލީޑްކުރުމާއި މަޝްވަރާތަކުގެ ޗެއާމަންކަމާއި ދުވަހުގެ ބައެއް އިވެންޓްތަކުގައި ބައިވެރިވެ، ފުޅާ ދާއިރާއެއްގައި ޑިޕްލޮމެޓިކް ހަރަކާތްތަކެއް ތަޖުރިބާކޮށްފައެވެ.

އެދުވަހުގެ މިފަހުރުވެރި ޝަރަފު ހާސިލުކުރުމާއެކު ޖާގްރީތީ ޔާދާވް ދެއްކި ހިތްވަރާއި ހުށިޔާރު ކަމަށްޓަކައި މަރުހަބާ ކިޔައި މިނިސްޓަރ އޮފް ސްޓޭޓް ފޯ އެކްސްޓަރނަލް އެފެއާޒް އެންޑް ކަލްޗަރ މީނާކްޝީ ލެޚީ އާއި ވެސްޓް ޔޯކްޝަޔަރގެ މޭޔަރ ޓްރޭސީ ބްރެބިން އަދި ވިޕްރޯގެ އެގްޒެކެޓިވް ޗެއާމަން ރިޝާދު ޕްރެމްޖީއާ ވެސް ޖާގްރީތީ ޔާދާވް އާ ބައްދަލުކުރެއްވިއެވެ.

ސްޓީމް(ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، އާޓްސް އެންޑް މެތަމެޓިކްސް)އިން ޝަރަފުވެރި ކާމިޔާބު ހޯދާފައިވ އިންޑިޔާގެ 75 އަންހެނަކާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއްވެސް ޖާގްރީތީ ޔާދާވް ވަނީ އެދުވަހުގެ މުނާސަބާގައި ނެރެފައެވެ.

ދުނިޔޭގައި ފާހަަގަ ކުރަމުން އަންނަ "ބައިނަލް އަގްވާމީ އަންހެންކުދިންގެ ދުވަސް"(އިންޓަރނޭޝަނަލް ޑެއި އޮފް ދަ ގާލްޗައިލްޑް) އަކީ އދ ގެ އާންމު މަޖިލީހުން އަންހެންކުދިނ

އދ.ގެ އާންމު މަޖިލީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާ ދެކޮިޅަށް މަސައްކަތް ކުރުމަށާއި އަންހެން ކުދިންގެ ހައްގުތަކަށްޓަކައި އޮކްޓޯބަރު 11 އަކީ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ކަނޑައެޅުމަށް 66/170 ގަރާރު ފާސްކޮށްފައިވަނީ ޑިސެމްބަރު 19، 2011 ގައެވެ.