އަންނަ ސެޕްޓެންބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އިއުލާންކުރައްވާފައިވާ, ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކުރައްވާ އެމަނިކުފާނު މިއަދު އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ޑރ. އަބްދުއްސައްތާރު ޔޫސުފަކީ ދިވެހި ރާއްޖެއަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤާބިލު ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންނަށް ވަރަށް ތެދުވެރި ވަރަށް އިޙްލާސްތެރި އަދި ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްވައިފައިވާ ބޭފުޅެއްކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ރަނިންމޭޓްކަން ޤަބޫލު ކުރައްވަމުން ޑރ. އަބްދުއްސައްތާރު ޔޫސުފް ވިދާޅުވީ ފުރުސަތު ދެއްވި ކަަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށާއި އެކުގައި ރާއްޖެއަށް އެދޭފަދަ ބަދަލެއް ގެނެވޭނެ ކަމަށެވެ.
އަދި މިއަދު ގައުމުއޮތް މިޝްރާބުން މާ ރަނގަޅު މިޝްރާބަކަށްވެސް ގެންދެވޭނެ ކަމުގެ އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއާރްއެމްގެ ރިޔާސީ ކެންޑިޑޭޓް އަހްމަދު ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސައިފައިވަނީ އިސްމާއިލް ޒަބީހެވެ.