އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤްގެ ދަރިކަލުން އަހުމަދު ފުއާދު ނިޔާވެއްޖެއެވެ. އަހުމަދު ފުއާދު ތައުފީގު ނިޔާވެފައި ވަނީ އިންޑިޔާގެ ޓްރިވެންޑްރަމްގައެވެ.

މިކަން ހާމަ ކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބެވެ.

އެކްސް.ކޮމް ގައި ކުރައްވާފައިވާ ޓުވީޓެއްގައި ހަބީބު ވިދާޅުވީ، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދަރިކަލުން، އަހުމަދު ފުއާދު ދާދި ދެންމެއަކު އިންޑިއާގެ ޓްރިވެންޑްރަމްގައި ނިޔާވެފައިވާ ކަަމަށެވެ. (نالله وانا اليه راجعون)

"ފުއާދު އާއި އާއިލާގެ އެންމެހާ ބޭފުޅުންނަށް ކެއްތެރިކަން މިންވަރު ކުރައްވާށި،" ހަބީބު ވިދާޅުވެފައިވެއެވެ.

ދަރިކަލުން ނިޔާވެފައިވާއިރު މިއަދަކީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުންގެ ފޯމް ހުށައަޅުއްވަންޖެހޭ ފަހު ދުވަސް ކަމަށް ވާތީ ފުއާދު ހުންނެވީ މާލޭގައެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައިވެސް ފުއާދު ގައުމާއި ދައުލަތުގެ ހިދުމަތުގައި ޒިންމާ އަދާކުރެއްވުމުގައި އެދެއްކެވީ ގަދަފަދަ ވަރުގަދަ ނަމޫނާއެކެވެ. މިއީ ޔަގީނުންވެސް ފުއާދުގެ ހިތްޕުޅަށް ދަތި، ހިތާމަވެރި ވަގުތެކެވެ. އެހެންނަމަވެސް ފުއާދު ދައްކަވަމުން އެގެންދަވަނީ ކެތްތެރިކަމާއި ޒިންމާދާރުކަމުގެ އެންމެ ރިވެތި ފުރިހަމަ މިސާލެކެވެ.

ފުއާދުގެ ދަރިކަލުން ނިޔާވީ ގިނަ ދުވަސް ތަކެއްވަންދެން ބަލިވެ އުޅުމަށްފަހު، ފަރުވާއަށް ބޭސް ކުރައްވަމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުއާދުގެ ދަރިކަލުން ގެންދެވީ ފުއްޕާމޭގެ ފަރުވާއެއް ހޯއްދަވަމުންނެވެ.