ބ. އެދަފުށީ ހުސްނުހީނާގޭގައި ތައްޔާރުކުރާ ''ރުއްބުޑު'' އަދި ''ކުޅިކާޖާ'' އަކީ ވަރަށް މީރު ކުޅި އެއްޗެކެވެ. މިއީ ކޮންމެ ގަޑިއަކުވެސް ކާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މުރަނަކޮށް ހަދާފައިވާ ކާނާއެކެވެ.
ރުއްބުޑު އަދި ކުޅިކާޖާ ތައްޔާރު ކުރުމަށް ބޭނުން ކޮށްފައިވަނީ ދާދި އެއްބާވަތްތަކެއް ބޭނުންކޮށްގެންނެވެ. އެއީ ފިޔާ، އަލުވި، ލުނބޯ، ރިހާކުރު، މިރުސް، ވަޅޯމަސް، ކާށި، ޒުވާރިފުށުގެ އިތުރުން، ހަނޑޫފުއް އަދި ހިނކަދިފަތެވެ.
ރުއްބުޑު އަދި ކުޅިކާޖާގެ 500 ގްރާމުގެ ޕެކެޓެއްގެ އަގަކީ އެންމެ 110.77 ރުފިޔާއެވެ. ދެއިރަށް ސައިބޯލަންވެސް ރުއްބުޑު އަދި ކުޅިކާޖާ ވަރަށް ސަޅިވާނެއެވެ.
ރައްޓެއްސްކަށް ހަދިޔާއެއް ނުދެވިގެން އުޅެންޏާ މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ. މީގެ ''ރުއްބުޑު'' އަދި ''ކުޅިކާޖާ'' ޕެކެޓެއް ފަސޭހަ ކަމާއިއެކު އީޓުކުރިން މެދުވެރިކޮށް ގަނެވެން އެބައޮތެވެ. ލަސްނުކުރައްވައި އީޓުކުރި މޮބައިލް އެޕުން އަވަހަށް އޯޑަރކޮށްލައްވާށެވެ. އަދި އީޓުކުރީގެ ވެބްސައިޓުންނާއި މޮބައިލް ނަމްބަރ 7632513 އަށް ގުޅާލުމުން އަތާ ހިސާބަށް ހިލޭ ގެނެސް ދޭނެއެވެ.
އީޓުކުރިއަކީ އާންމު ދިރިއުޅުމުގައި ބޭނުންވާ ހުރިހާ މުދަލެއް އެއްތަނަކުން އޮންލައިންކޮށް ހޯދުމަށް ފަރުމާކޮށްފައިވާ ވިޔަފާރި ޕްލެޓްފޯމެކެވެ.
އީޓުކުރި ލޯކަލް ޕްލެޓްފޯމަކީ ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފައްދާ ނުވަތަ ވިއްކާ މުދާ ރާއްޖޭގެ އެކިހިސާބުތަކަށް ގެންގޮސްދިނުމުގެ މަސައްކަތް ކޮށްދީ މާކެޓްކުރާ ޕްލެޓްފޯމެކެވެ. މި ޚިދުމަތުގެ ފަސޭހަކަމާއި ލުއިކަމާއެކު މިހާރުވެސް އެތައް ބަޔަކު ގެންދަނީ އީޓުކުރި މެދުވެރިކޮށް ޚިދުމަތް ހޯދަމުންނެވެ.
އީޓުކުރި ލޯކަލް ޕްލެޓްފޯމް އުފެދުނީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މޯލްޑިވްސް ޕޯސްޓްގެ އީކޮމާސް ބްރޭންޑެއް ކަމުގައިވާ އީޓުކުރި އެންމެ ފުރަތަމަ އުފެދުނީ އިންޓަނޭޝަނަލް ސާވިސްއެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރު އެ ޚިދުމަތް ވަނީ ރާއްޖެއަށް ވެސް ފުޅާކޮށް ފައްކާ ކޮށްފައެވެ.
އީޓުކުރި މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްފައިވަނީ 13 ޖުލައި 2023 ގައައެވެ.