10 ހޮސްޕިޓަލެއްގެ ފެންވަރު މަތިކޮށް ޙިދުމަތްތައް އިތުރުކުރަނީ

1
ހޮސްޕިޓަލްތަކާ ސިއްޙީމަރުކަތުތަކުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ރާއްޖޭގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ފެންވަރު ރަނގަޅު ޙިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި 10 ހޮސްޕިޓަލެއްގެ ފެންވަރު މަތިކުރުމަށް ބަދަލުތަކެއް ގެނެސް ހިދުމަތްތައް އިތުރުކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެ 10 ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ޚިދުމަތްތެރިން ހަމަކޮށް، މެޝިނަރީޒް އާއި ބޭސް ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ނަތީޖާ އަކަށް ވާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ސިއްހީ ޚިދުމަތް ހޯދަން އުފުލާ ތަކުލީފު ލުއިވެ، އެ ހޮސްޕިޓަލްތަކާ ކައިރި ރަށްތަކުގެ މީހުންނަށް ވެސް ހިދުމަތް ހޯދަން ފަސޭހަވުމެވެ.

ޚިދުމަތް ތަރައްގީ ކުރަމުން އަންނަނީ ކޮން ހޮސްޕިޓަލްތަކެއްގައި ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ ހޮސްޕިޓަލްތައް ކަނޑައެޅުމުގައި އެންމެ ބޮޑަށް ހައްލު ހޯދަން ޖެހިފައިވާ ތަންތަނާއި އާބާދީ އާއި ޚިދުމަތުގެ ފެންވަރަށް ވެސް ބަލާފައިވާނެ ކަމަށެވެ.

Advertisement

“ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ބައެއް ހޮސްޕިޓަލްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ، އަދި ދުވަހުން ދުވަހަށް ބޭނުންވާ ހައްލުތައް ވެސް ބަޖެޓް ތެރެއިން ގެންނާނަން،” މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ވަރަށް ގިނަ ސިއްހީ މަރުކަޒުތައް 24 ގަޑިއިރު ޚިދުމަތް ދޭ ތަންތަނަށް ބަދަލުކޮށްފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ސިފަކުރެއްވީ އެއީ ނަމެއްގައި ކޮށްފައިވާ ކަމެއްގެ ގޮތުގަ އެވެ. އެތަނަށް ބޭނުންވާ މުވައްޒަފުން ހަމަކޮށް، ވަސީލަތްތައް ގާއިމްކޮށްފައި ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ 22 ހެލްތު ސެންޓަރެއްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބައެއް ހޮސްޕިޓަލްތައް ޓާޝަރީ ހޮސްޕިޓަލްތަކަށް ވެސް ބަދަލުކުރަންވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ހައްލުކޮށް، ޑޮކްޓަރުން ރެކްރޫޓް ކުރުމާއި މިހާރު ތިބި ޑޮކްޓަރުންގެ ފެންވަރު މަތިކުރަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަން މިހާރު ކުރަނީ ސީދާ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް އަމީން ވިދާޅުވި އެވެ.

Advertisements

1 COMMENT

  1. ބަލަ ކޮޔާ މިއީ ކިހިނެއް ވާހަކަ ދައްކާބައެއް. ކުރި ސަރުކާރުން ބުނި ގޮތުގައި ހުރިހާ ކަމެއް ރަނގަޅު ގިނަ ތަންތަން ރަނގަޅު . ރަނގަޅު ނިޒާމެއް އެބަ އޮތް. އެކަމަކު މިމީހުން ކިޔާ އެއްޗެއް ދިމާނުވޭ . ރަނގަޅަށް ކުރެވުނު އެއްވެސްކަމެއް ނެތް ކިހިނެއް މިވަނީ . އަސްލުވެސް ރައްޔިތުން އޮޅުވާލަނީ ތަ

Comments are closed.