ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ޖުމްހޫރީ ޕާޓީން ވަކިވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީން މިއަދު ވަކިވެފައިވާ ކަމަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ޖޭޕީގެ ލީޑާޝިޕާއި މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އެ ޕާޓީން މައުސޫމް ވަކިވެފައިވާއިރު އަންނަ މަހު 9ގައި ބާއްވާ އިންތިހާބުގައި ވާދަކުރަން ގާސިމް ހުށަހެޅުއްވި ފޯމު އިލެކްޝަން ކޮމިޝަނުގެ ފަރާތުން ބަލައި ޗެކްކުރުމަށްފަހު ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބީ ޝަރުތު ހަމަވާ ކަމަށް ބަލައި ކެންޑިޑެންސީ ވަނީ ގަބޫލުކޮށްފައެވެ.

މައުސޫމް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެެ.

އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު 2 ޖެހިއިރު ހަމަވިއިރު އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން 5 ކެންޑިޑޭޓަކު ވަނީ ވާދަ ކުރައްވާފައެވެ. އަދި މިނިވަންކޮށް 3 ކެންޑިޑޭޓަކު ވާދަކޮށްފައިވެއެވެ.