މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ތެރޭގައި ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެވެފައެވެ. އެމްއެންޑީއެފްގެ އެހީގައި އެކު ސަލާމަތްކޮށް މީގެ ކުރިން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ދެވަނަ މީހާ ސަލާމަތް ކުރަން ވަގުތު ދިޔައީ އޭނާ ވަރަށް ބޮޑަށް ތާށިވެފައި އޮތުމުންނެވެ.

ބިއްލޫރި ޕެލެޓު އެ ދެ މީހުންގެ ގައިމައްޗަށް ވެއްޓިފައި ވަނީ، ކޮންޓެއިނަރެއްގައި އޮތް ޕެލެޓެއް ފޯކްލިފްޓެއްގެ އެހީގައި ބޭލުމުގެ މަސައްކަތް ކުރަނިކޮށެވެ. އެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް، ޕެލޓު ވެއްޓުނީ ކޮންޓެއިނަރުގެ ތެރޭގައި ތިބި ދެ މީހުންގެ ގައި މައްޗަށެވެ. އެމްއެންޑީއެފްއިން އެ ދެ މީހުން ސަލާމަތް ކުރީ ކޮންޓެއިނަރު ކަފާލައިގެންނެވެ.