އަންނަ މަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެނަން ތަރުތީބުކުރުން މާދަމާ ހަވީރު ބޭއްވުމަށް އިލެކްޝަނަސް ކޮމިޝަނުން ނިންމަވައިފިއެވެ.
އެ ކޮމިޝަނުން ވިދާޅުވީ އިންތިޚާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުން ނެގުން އޮންނާނީ މާދަމާ 16:30 ގައި ދަރުބާރުގޭ ރަންނަ ބަންޑޭރި މާލަމުގައިކަމަށެވެ.
މީގެ އިތުރުން ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ އެކަން ސިޓީއަކުން ހުށައަޅަންޖެހޭނެކަމަށާއި. ކެންޑިޑޭޓް ނުވަތަ ބަދަލުގައި މީހަކު ހާޟިރު ނުވެއްޖެނަމަ އެ ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އީސީންކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް ޖުލައި 23 ވަނަ ދުވަހު ހުޅުވައިލި މުއްދަތު ހަމަވީ އިއްޔެ 14:00 އަށެވެ.
ޖުމްލަ 08 ކެންޑިޑޭޓަކުން ރިޔާސީ އިންތިޚާބަށް މިވަނީ ނަން ހުށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިނިވަންކޮށް ވާދަކުރި 3 ކެންޑިޑޭޓުންނާއި އެކި ސިޔާސީ ޕާޓީތަކުން ވާދަކުރި 5 ކެންޑިޑޭޓުންނެވެ.
ސިޔާސީ ޕާޓީތަކުން ކުރިމަތިލެއްވި ކެންޑިޑޭޓުންނަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު / އެމްޑީޕީ, ޑރ.މުހައްމަދު މުއިއްޒު / ޕީއެންސީ, ޤާސިމް އިބްރާހިމް / ޖުމްހޫރީ ޕާޓީ, މުހައްމަދު ނާޒިމް / އެމްއެންޕީ, އަދި އިލްޔާސް ލަބީބް / ޑިމޮކްރެޓްސް އެވެ. އަމިއްލަ ގޮތުން އަހުމަދު ފާރިސް މައުމޫން, އުމަރު ނަސީރު އަދި ހަސަން ޒަމީލް ވަނީ އިންތިހާބަށް ކުރިމަތިލައްވާފައ
އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމާއި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި އެމްއާރްއެމްގެ ރައީސް ފާރިޝް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒަމީލެވެ.
މި ހުރިހާ ބޭފުޅުންގެ ޝަރުތު ހަމަވާކަމަށް ވަނީ ނިންމައިފައެވެ.