"ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގައި ބައިވެރި ވާން 300 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ މިއީ އަންހެނުންނަށް ހާއްސަ ކޮށްގެން ތިން ދުވަހުގެ މުއްދަތަށް ގޭގައި ގެންގުޅޭ ކަރަންޓު ސާމާނު ރައްކާތެރިކަމާއެކު ބޭނުން ކުރާނެ ގޮތާއި މަރާމާތު ކުރާނެ ގޮތް ދަސްކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން ބުނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ "ވިލުން ވެރި ކަނބަލުން" ވޯކްޝޮޕަށް އެ ކުންފުނިން ލަފާ ކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައި ވާތީ، ހުރިހާ ބައިވެރިންނަށް ވެސް ފުރުސަތު ދިނުމުގެ ގޮތުން އެ ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ނުވަ ބެޗަކަށް ކަަމަށެވެ. އަދި މިހާ ތަަނަށް 300 އަށްވުރެ ގިނަ ފޯމު ލިބިފައިވާކަމަށްވެސް އާބަންކޯއިން ބުންޏެެވެ.

އެ ވޯކްޝޮޕްގެ ކޮންމެ ބެޗަކަށްވެސް 35 ސްލޮޓް ދެވިފައިވާ އިރު، ބެޗް އިހުތިޔާރު ކުރުމަށް ފޯމު ހުށަހަޅޭނެ އެންމެ ފަހު ތާރީހަކީ މަދަމާ 2:30 ގައެވެ.

https://forms.gle/eb9a8udRfs1SZfzF6

އަދި ބެޗް އިހުތިޔާރު ކުރުމަށް ގޫގަލް ފޯމު ފުރިހަމަ ކުރުމުން، ރެޖިސްޓާ ކުރާ ތަރުތީބުން ފުރުސަތު ދެވިގެން ދާނެ ކަމަށް އެ ކުންފުނިން ބުނިއެވެ. ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ މީހުންނަށް ސެޓްފިކެޓެއް ދޭނެ ކަމަށްވެސް އާބަންކޯއިން ބުނިއެވެ.

އާބަންކޯ އިން ރާއްޖޭގެ އަންހެނުން ބާރުވެރި ކުރުމަށް އެކި ކަހަލަ މަސައްކަތްތެރި ހުނަރުވެރި ޕްރޮގްރާމުތައް ހިންގަމުން ގެންދެއެވެ.