އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕުން އެއްގަލަކަށް އަރައި، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ނުކުންނަވައިފިއެވެ.

މިހާރު ކުރިއަށް ގެންދާ އިދިކޮޅުން ބޭއްވި ނޫސްކޮންފަރެންސުގައި މުއިއްޒުއާ އެކު ލީޑާޝިޕްގެ ހުރިހާ މެންބަރުން ވަނީ ބައިވެރިވެފައެވެ.

އިދިކޮޅު ލީޑާޝިޕުން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ. އަދި ރައީސް ޔާމީންގެ ފުރިހަމަ ތާއީދު މުއިއްޒު އަށް އޮތްކަމަށް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުއްރަހީމް އިރުތަރަށް ވިދާޅުވީ އަނިޔާވެރި ދަވަސްތަކެއް ހޭދަ ކުރައްވަމުން ރައީސްޔާމިން ހޭދަ ކުރަށްވަމުން ގެންދަވާއިރުވެސް އެ އަނިޔާއަށް ވުރެ ބޮޑަށް ގައުމާއި ރައްޔިތުންނަށް އިސްކަންދެއްވާ މި އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތުދެއްވެވީތީ އެކަމަށް ރައީސް ޔާމިނަށް ޝުކުރު ދަންނަވާ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ޕާޓީގެ ލީޑާޝިޕްގައި އިންތިހާބުގެ މަައްސަލައިގައި އެއްވެސް ދެބަސްވުމެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރު ކުރިއަށް ގެންދާނީ ރައީސް ޔާމީންގެ އިރުޝާދާއި ލަފާގެ މަތިންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެެވެ.

"އަޅުގަނޑު މިތާނގައި ހުއްޓަސް، މި މަގާމަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީންގެ މަގާމު.،.
މުޢިއްޒު ވިދާޅުވިއެވެ

އަދި އިތުރަށް ވިދާޅުވީ ޔާމީނަށް އެ މަގާމުގައި ހުންނެވެން ނެތީ، އިދިކޮޅުން ކުރި ބުރަ މަސައްކަތްތަކާ އެކު ވެސް، މިސަރުކާރުން އެ ހައްގު ނިގުޅައިގެންފައިވާތީ ކަމަށާއި ރިޔާސީ ރޭހަށް ނުކުންނެވީ ޔާމީންގެ އެންގެވުމުގެ މަތިން ކަމަށެވެ. އެ ހާލަތު ދިމާވުމާ އެކީގައި، ދެން އެމަނިކުފާނު ނިންމެވީ، މި ދެ ޕާޓީ މަގުމަތިވިޔަ ނުދީ، އެމަނިކުފާނު ފައްޓަވާފައިވާ ގައުމީ މަސައްކަތް ކުރިއަށް ގެންގޮސް، މި ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުން ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

އަދި އެމަނިކުފާނަށް އިތުބާރު ކުރައްވާ، އަޅުގަނޑަށް މި ދެއްވި ފުރުސަތަކީ އަޅުގަނޑު އެކަމަށްޓަކައި ޔާމިނަށް ވަނީ ޝުކުރު ދަންނަވާފައެވެ.