ރިޔާސީ އިންތިހާބުގެ މާހައުލަކ،ީ ނުފޫޒުން އެއްކިބާވެ، ގާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދެވޭ އިންތިހާބީ މާހައުލެއްތޯ ބެލުމަށްޓަކައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މާހައުލަކ،ީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ ފަދަ ޑިމޮކްރަސީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަނ،ް އިންސާފުވެރ،ި ހާމަކަންބޮޑު އަދި އިތުބާރުކުރުވަނިވި މާހައުލެއްތޯ ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުންއަންނައިރު އިލެކްޝަން ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާއި އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް ވަރަށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.

މީގެ އިތުރުން އިންތިހާބު އޮބްޒާވްކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އިންތިހާބު ގެކުރިން ހިނގާ ކަންކަން ދެނެގަތުމާއ،ި ވޯޓު ލާ ދުވަހު އިންތިހާބު އޮބްޒާވްކުރުމާއި އިންތިހާބުގެ ފަހުން ހިނގާ ކަންކަން ބެލުމަށް ރާވާފައިވާ ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްއިން ބުނީ، އިންތިހާބާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް އިންތިހާބަށް ވަމުންދާ ތައްޔާރީތަކާއ،ި ދިމާވާ ގޮންޖެހުންތަކާމެދު މަޝަވަރާކުރަމުންދާ ކަމަށާއި އިންތިހާބާ ގުޅޭ ކަންކަން މޮނީޓާ ކުރުމުގެ އިތުރުން ވޯޓުލުމުގެ ހައްގާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ހަމައެހެންމެ އިންތިހާބާގުޅޭ ގައުމީ ލަފާދޭ ކޮމިޓީގައި އެ ކޮމިޝަނުން ބައިވެރިވ،ެ އިންސާނީ ހައްގުތަކުގެ ނަޒަރުން އިންތިހާބާ ގުޅޭ ކަންކަމަށް ލަފާދެމުންދާ ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.

އެޗްއާރްސީއެމް އިން ބުނީ، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ބޭނުންވާ މާހައުލެއް ގާއިމްވެފައިވޭތޯ ދެނެގަތުމަށް ޕްރީ އިލެކްޝަން ދަތުރުތަކެއް ބައެއްރަށްރަށަށް ކުރުމަށް ވެސް ރާވާފައިވާ ކަމަސެވެ. މި ދަތުރުތަކުގައި ރަށްރަށުގެ އެކިއެކި މުއައްސަސާތަކުގެ އިތުރުން އާންމުންނާއި ބައްދަލުކޮށް އިންތިހާބާ ގުޅުންހުރި މައުލޫމާތު ހޯދުމަށް ހަމަޖެހިފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.