ގއ.މާމެންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ މިއަދު ހަވާލުކޮށްފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް އާރްޑީސީއާ އެ މަސައްކަތް ހަވާލުކުރީ 138،675،598.56 ރުފިޔާއަށެވެ.

އާރްޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ރައީސް ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން ގައްދުއާއި ނަޑެއްލާއާއި ހޯނޑެއްދުއަށް ވަޑައިގެން ވެވަޑައިގެންނެވި ވައުުދުތަކުގެ ތެރޭގައި އެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ވައުދު ވެސް ހިމެނެއެވެ.

މީގެ އިތުރުން އެމަނިކުފާނު މިއަދު ވަނީ އެ އަތޮޅު ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.