ޓެކްސް ދައްކައިގެން ސަރުކާރަށް ލިބުނު އާމްދަނީ ދަށްވެއްޖެ

0
ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަށްވުރެ، އެ އިދާރާ އަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.

މީރާ އިން އާންމުކުރި 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަަމަ ކުއާޓަރުގައި ޓެކްސް އާމްދަނީގެ ގޮތުގައި މީރާއިން 4.93 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.3 ޕަސެންޓުގެ ދަށްވުމެއް ކަމަށް ދައްކަ އެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދާ އަޅާބަލާއިރު، އެއީ 3.1 ޕަސެންޓު ދަށް އަދަދެއް ކަމަށް މީރާ އިން ބުންޏެވެ.

ލަފާކުރި އަދަދަށްވުރެ ޓެކުހުން ލިބުނު އާމްދަނީ ދަށްވެފައިވަނީ ޓެކްސް ދައްކާ ފަރާތްތަކުން ގަޑިއަށް ޓެކްސް ދައްކާފައި ނުވުމާއި، ސުންގަޑީގެ ފަހުން ޓެކްސް ދެއްކުމުން ކަމަށް މީރާ އިން ބުންޏެވެ.

Advertisement

މީރާ އަށް އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި މީރާ އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 2325 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ. ވިޔަފާރި ފައިދާގެ ޓެކުހުގެ ގޮތުގައި ބަލައިގެންފައިވަނީ 1103 މިލިއަން ރުފިޔާ އެވެ. ރިސޯޓު ކުލީގެ ގޮތުގައި 411 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި 241 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖެނުއަރީ މަހު އެވެ. އެމެރިކާ ޑޮލަރުން 194.1 މިލިއަން ޑޮލަރު ބަލައިގެންފައިވާއިރު، ދިވެހި ރުފިޔާ އިން 1.96 ބިލިއަން ރުފިޔާ ބަލައިގެންފައި ވެއެވެ.

މީރާ އިން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި 3.74 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

Advertisements