ހއ.ކެލާގައި ހުންނަ ޝައިޚް އިބްރާހީމް ސްކޫލްގެ 03 ބުރީގެ އިމާރާތުގެ މަސައްކަތް ބަޔަކާ މިއަދު ހަވާލުކޮށްފި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތަކީ 17,455,165.47 ރުފިޔާގެ މަސައްކަތެކެވެ.

އަދި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 400 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.