ގެއްލިގެން ހޯދަމުންދިޔަ އުމުރުން 12 އަހަރުގެ އާއިޝާ ބިން މަޙްމޫދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

''ހަލިނިއުސް''އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ އާއިޝާ ފެނިފައިވަނީ މާލެއިން ކަމަށާއި ފެނިފައިވަނީ މިއަދު މެންދުރު 1:45 ހާއިރު ކަމަށެވެ.

އަދި ފެނުނުއިރު ހާލު ރަނގަޅުކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

އާއިޝާ ގެއްލިފައިވަނީ އިއްޔެ އިރުއޮއްސި 6 ގެ ފަހުން ހުޅުމާލެއިންނެވެ.