ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ބައެއް ތަކެތި ހޯދައި އެތަކެތީގެ ވެރިފަރާތްތަކާ ހަވާލުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ހޯދާފައިވަނީ މިދިޔަ ޖުލައި މަހު އެ ސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ތަކެތި ކަމަށެވެ.

އެގޮތުން ހޯދާފައިވާ ތަކެތީގެ ތެރޭގައި:

  • މޯބައިލް ފޯން
  • ބައިސްކަލް
  • އަދި ސައިކަލްގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ.

ފުލުހުން ބުނީ މި ތަކެތީގެ އަގު 449936 ރުފިޔާ އަށް އަރާކަމަށެވެ.