ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްމޫން އެންޑޯސް ކުރައްވާފައިވާ އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭން މެނޭޖަރަކަށް ކުރީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު އަމީން މިއަދު ހަމަޖައްސައިފިއެވެ.

ކެމްޕޭން މެނޭޖަރަކަށް އަމީން ހަމަޖެއްސިއިރު ޑެޕިއުޓީ މެނޭޖަރަކަށް ހަމަޖެއްސީ މިދިޔަ ދައުރުގައި ހެލްތު މިނިސްޓަރގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ޕީޕީޕީއެން އަދި ޕީއެންސީއިން މިއަދު ރަސްމީކޮށް ރިޔާސީ ކެމްޕެއިން ކުރުމަށް ހަރަކާތަށް ނިކުމެފައި ވަނީ ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދަށެެވެ. ހިޔާ ފްލެޓްތަކަކީ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.