މި ސަރުކާރުގެ ލިސްޓާ އެއްގޮތަށް ގޯއްޗާއި ފްލެޓް ދޭނެ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެއް ކެނޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުނަސީރު މިހެން ވިދާޅުވީ ފޭސްބުކް ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި، މި ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓަށް ވާނީ ކިހިނެތްތޯ މީހުން ސުވާލު ކުރަމުން ދާތީ އެކަމުގެ ޖަވާބެއްގެ ގޮތުގައި ފޭސްބުލްގެ އެޕޯސްޓުގައި އުމަރު ދެއްވީ ވަރަށްވެސް ފުރިހަމަ ސާފު، އެހާމެ އިންސާފުވެރި ޖަވާބެކެވެ.

އުމަރު ވިދާޅުވީ، ސަރުކާރަކުން، ރައްޔިތުންނާ ސިދާ ގުޅުން ހުރި މިފަދަ ކަމެއްގައި ގޮތެއް ނިންމަވާ، އިޢުލާން ކުރައްވާފައިވާ ލިސްޓަކަށް ބަދަލު ގެނައުމަކީ ދެން އަންނަ ސަރުކާރަކުން އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

https://www.facebook.com/100044365181976/posts/pfbid0auXb9NbgamYrn2B1jT3gMVLime9c5o6uYfbx2mWGibX8AdHjpfCVucJsY4JYTZVql/?mibextid=K8Wfd2

"ބައެއް ބޭފުޅުން މި ސުވާލު އަޅުގަޑާ ކުރައްވާތީ ދަންނަވަމެވެ. މި ސަރުކާރުން ގޯތި އަދި ފްލެޓް ދޫކުރުމަށް އިޢުލާން ކުރައްވާފައިވާ ލިސްޓަށް އަޅުަގަޑު ބަދަލެއް ގެންނަން ވިސްނާތޯ އެބަ އައްސަވައެވެ.ސަރުކާރަކުން، ރައްޔިތުންނާ ސިދާ ގުޅުން ހުރި މިފަދަ ކަމެއްގައި ގޮތެއް ނިންމަވާ، އިޢުލާން ކުރައްވާފައިވާ ލިސްޓަކަށް ބަދަލު ގެނައުމަކީ ދެން އަންނަ ސަރުކާރަކުން އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ވީމާ، މި ސަރުކާރުން އިޢުލާން ކުރައްވާފައިވާ ލިސްޓަށް ބަދަލެއް ނުގެނެސް، ހަމަ އެލިސްޓަށް އެ ގޯތި ތަކާ ފްލެޓް ދޫކުރެވޭނެއެވެ. އަދި އޭގެ އިތުރުން އުތުރު ތިލަފަޅު ހިއްކާ، ގޯތި ދޫކުރެވޭނެއެވެ. (އަޅުގަޑުގެ ވެރިކަމެއްގައި އުތުރު ތިލަފަޅަކީ އިންޑިޔާ ސިފައިންގެ ބަދަރަކަށް ނުވާނެއެވެ.)މިހާރު މުއްދަތު އޮތް ގޮތުން، މި ސަރުކާރުން ގޯތި ދިނުމަށް ވެފައިވާ ވަޢުދު ފުއްދުމަށް ދެން ވަގުތު ލިބޭނެ ކަމަކަށް ނުފެނެއެވެ. އިރާދަ ކުރެއްވިއްޔާ އެ ވަޢުދު ފުއްދާދޭނީ އަޅުގަޑެވެ.

ޝުކުރިއްޔާ،" ފޭސްބުކް ޕޯސްޓެއްގައި އުމަރު ވިދާޅުވެފައިވެއެެވެ.

އުމަރު ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބިއްޖެނަމަވެސް މި ސަރުކާރުން އިޢުލާން ކުރައްވާފައިވާ ލިސްޓަށް ބަދަލެއް ނުގެނެސް، ހަމަ އެލިސްޓަށް އެ ގޯތި ތަކާ ފްލެޓް ދޫކުރާނެ ކަމަށެވެ.

.