ވިލިނގިލީގައި ހިނގި އިހުތިޖާޖުކުރުމުގެ ތެރެއިން ތިންމީހަކު ހައްޔަރުކޮށް ފުލުހުން ރައްޔތުންނަށް އަނިޔާކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ގާނުނުއަސާސީއިން ލިބިދީފައިވާ އަސާސީ ހައްގަށް ހުރަސް ނޭޅުމަށް އިދިކޮޅު ޕީޕީއެމުން ސަރުކާރަށް ގޮވާލައިފިއެވެ.

ޕީޕީއެމުން މިހެން ބުނީ މިއަދު ނެރުނު ބަޔާނެއްގަައެވެ. އެބަޔާނުގައި ހުވަދުއަތޮޅު ވިލިނގިލީގައި ސުލްޙަވެރިކަމާއެކު، އިހުތިޖާޖު ކުރަމުން ދިޔަ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް އަނިޔާކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުން އެޕާޓީޏް ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ. މިއަމަލު ކުށްވެރި ކުރާކަމަށް ބުނެ، ޕީޕިއެމުން ވަނީ ގާނުނުއަސާސީއިން ލިބިދީފައިވާ އަސާސީ ހައްގަށް ހުރަސް ނޭޅުމަށް ގޮވާލާފައެވެ.

މިއަދު ނެރުނު ބަޔާނުގައި ޕީޕީއެމުން ބުނީ އެކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ އާއިލާއަށް ނުޙައްގުން އަނިޔާވެރިވެ، ޖަލުގައި ބަންދުކޮށްފަ ބަހައްޓާފައި ވާކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމަށްފަހު، ރައީސް ސާލިހު ވިލިނގިއްޔަށް ކެމްޕެއިން ދަތުރެއްގައި އަރާވަޑައިގަތުމުން ދެކޮޅަށް އަޑު އުފުލާ ސުލްހަވެރިކަމާއެކު އިޙުތިޖާޖު ކުރަމުން ދިޔަ ވިލިނގިލީގެ ރައްޔިތުންނަކަށް ފުލުހުން މެދުވެރިކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެރައްޔިތުންނަށް އަނިޔާކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި ގާނޫނުއަސާސީއާއި ގާނުނު ތަކުން ދިވެހި ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި އިޙުތިޖާޖު ކުރުމުގެ ޙައްގަށް ސަރުކާރުން އަރައިގަނެ، މިކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ގއ. ވިލިނގިލީގެ 3 ބޭފުޅަކު އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން މިކޯލިޝަނުން ބަލައިނުގަންނަ ކަމަށްވެސް އެބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޕީޕީއެ،މުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސުލްހަވެރިކަމާއެކު، ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމަކީގާނޫނުއަސާސީ އިން ދިވެހިރައްޔތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށްވާއިރު، އެކަންކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލާފައެވެ. ޕީޕީއެމުން ވަނީ ސަރުކާރުގެއައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް ދިވެހި ފުލުހުންނަށް ގޮވާލާފައިވެއެވެ. އެއާއެކު ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ކުރަމުން ގެންދާ އަނިޔާ ހުއްޓާލައި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.