ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނަކަށް މުހައްމަދު ތޮލާލް މިއަދު ހަމަޖައްސައިފި އެވެ.
ޕީޕީއެމުން ބުނި ގޮތުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ތަރުޖަމާނަށް މުހައްމަދު ތޮލާލް މިއަދު ވަނީ ހަމަޖައްސާފައިކަމަށެވެ. ތޮލާލަކީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
ރިޔާސީ އިންތިހާބުގައި އިދިކޮޅުން ފުރަތަމަ މަސަައްކަތް ކުރީ ރައީސް ޔާމީން އިންތިހާބުގައި ވާދަކުރުމަށެވެ. އިންތިހާބުގައި ވާދަކުރައްވަން ހުށަހެޅި ފޯމު އީސީން ބާތިލު ކުރުމާ ވިދިގެން ސުޕްރީމްކޯޓަށް އެމައްސަލަ ހުށަހެޅުނެވެ. ނަމަވެސް ސުޕްރީމްކޯޓުން ނިންމީ ރައީސްޔާމީނަށް މި އިންތިހާބުގައިވާދަކުރެއްވެން ނެތްކަމަށެވެ.
މިފަދަ ކަމަކަށް ތައްޔާރުވެ ޕީޕީއެމުން އޮތީ ޕްލޭން ބީ އެއްގެ ގޮތުން ޕީއެންސީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު އޮތީ ޕީއެންސީގެ ރިޔާސީ ޓިކެޓަށް މުއިއްޒުގެ އިތުރުން އާދަމް ޝަރީފް އުމަރު ވެސްް ކުރިމަތިލެއްވިއެވެ. ނަމަވެސް ދެ ވޯޓްގެ ތަފާތުން މުއިިއްޒު ކުރި ހޯއްދެވީ އެވެ.
ކޯޓް މަރުހަލާ ފެށުމާއެކު ރައީސް ޔާމީންގެ ނިންމެވުމަށް ބަދަލު ގެންނެވި އެވެ. ޕްލޭން ބީ އަކީ ޕީޕީއެމުން އިތުރު ކެންޑިޑޭޓަކު ނެރުއްވުން ކަމުގައި ހަމަޖައްސަވާ ޕީއެންސީން މުއިއްޒު ނެރުއްވުމަކީ ޕްލޭން ސީ ކަމުގައި ނިންމެވި އެވެ. ނަމަވެސް ކޯޓްގެ ހުކުމާއެކު ރައީސް ޔާމީން ނިންމެވީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށެވެ.
ރައީސް ޔާމީން އެގޮތަށް ބޮއިކޮޓް ކުރުމަށް އެދިވަޑގެންނެވިކަމުގައި ވިޔަސް ދެ ޕާޓީގެ ސެނެޓުން ވެސް އެކަމާއި ދެކޮޅު ހެދި އެވެ. ނަތީޖާއެއްގެ ގޮތުންް ރައީސް ޔާމީނަށް ޖެހިވަޑައިގަތީ ނިންމުން ބަދަލު ކުރައްވާފައެވެ. އަދި ހިޔާލު ތަފާތުވުންތައް މުޅީން ދޫކޮށް ދެ ޕާޓީގެ ލީޑާޝިޕް ވަނީ މުއިއްޒުގެ ކެމްޕެއިން ވަރުގަދަ ކުރަން ފަށާފައެވެ.