އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުގައި އޮންނަވާތާ 1،000 ދުވަސް މާދަމައަށް ވާތީ، އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ސައިކަލު ބުރެއް މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މާލޭގެ، ޕީޕީއެމް އޮފީސް ހިމެނޭ ސަރަޙައްދުން މާދަމާ މިސައިކަލް ބުރު ފެށުމަށް ހަމަޖެހިފައިވާއިރު، މިސައިކަލު ބުރުގައި ރައީސް ޔާމީނަށް ތާއީދުކުރާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެކޯލިޝަނުން ވަނީ އެދިފައެވެ.

ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެޕާޓީން ނިންމި ނަމެސް އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ ރައީސް ޔާމީންގެ ކެންޑިޑެސީއާއި ގުޅިގެން ސްޕްރީމް ކޯޓުން އެމަނިކުފާނަށް ވާދަ ނުކުރެވޭނެކަމަށް ނިންމުމާއި ގުޅިގެންނެވެ.

މިސަރުކާރުން ވެރިކަމަށް އައިފަހުން މިދައުރުގެ ގިނަ ދުވަސްތަކުގައި ރައީސް ޔާމީން ހުންނަވަން ޖެހުނީ ޖަލުގައެވެ. އަދި އެމަނިކުފާނަކީ ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު ޖަލުގައި އޮންނެވި ބޭފުޅާއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުއިއްޒުގެ އެންމެ ފުރަތަމަ ވައުދަކީވެސް ރައީސް ޔަމީން މިނިވަން ކުރުމެވެ.